ޚަބަރު

ތިން ރަން މެޑަލް ހޯދި ދީމާގެ އަގުވަޒަންކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން ދީމާ އަލީއަށް ސަރުކާރުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ދިމާއަށް ސަރުކާރުން ފައިސާގެ އިނާމް ދޭން ނިންމާފައިމިވަނީ މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. ދިމާ އަލީ ވަނީ ޓޭބަލް ޓެނިސްގެ އަންހެން ސިންގަލްސް، ޑަބަލް އަދި ޓީމް އިވެންޑްއިން ރަން މެޑަލް ހޯދާފައެވެ. އުމުރުން 11 އަހަރުގެ ދިމާވަނީ މިތިން ރަން މެޑަލްއާއެކު ރާއްޖެއަށް ޓޭބަލް ޓެނިހުގެ ތާރީޙުގައި އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާއަށްވެފައެވެ.

މިކަން އިޢުލާންކުރުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން އެއްވެސް ކުޅިވަރެއް ތަފާތު ނުކުރާނެކަމަށާއި ކުޅިވަރު ތަރައްގީކޮށް ކުރިއަރުވައި އަދި ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދުމަށް މަސައްކަތް، އެތްލީޓުންނަށް ހިއްވަރު ދިނުމަކީ މިނިސްޓްރީގެ ޒިންމާއެއްކަމަށެވެ.