ތަޢުލީމު

5 ވަނަ ސްރީލަންކާ އެޑިއުކޭޝަން ފެއަރ ރާއްޖޭގައި ހުޅުވައިފި


ސްރީ ލަންކާގައި މަތީ ތައުލީމުދޭ 25 ޔުނިވަރސިޓީއާއެކު ފަސްވަނަ ސްރީލަންކާ އެޑިއުކޭޝަން ފެއަރ ހުޅުވައިފިއެވެ.އާރޓް ގެލަރީގައި އޮތް ރަސްމިއްޔާތުގައި ފެއަރ ހުޅުއްވައިދެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު. އެ ރަސްމިއްޔާތުގައި ޑރ. ނަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމުގައި ސްރީލަންކާގެ ތަޖުރިބާކާރު ޓީޗަރުންގެ ހިއްސާ އޮތްކަން ފާހަގަ ކުރެއްވިއެވެ. އަދި މި އަހަރު އަމަލުކުރަންފެށި އާ މަންހަޖު ކުރިއެރުވުމުގައިވެސް ސްރީލަންކާގެ ތަޖުރިބަކާރު ޓީޗަރުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށްވިދާޅުވިއެވެ.ސްރީިލަންކާގެ އެކްސްޕޯޓް ޑވެލޮޕްމެންޓް ބޯޑާއި، ސްރިލަންކަން ހައި ކޮމިޝަން ގުޅިގެން ހުޅުވި، ސްރިލަންކާ އެޑިއުކޭޝަން ފެއަރ އައްޑޫ ސިޓީގައިވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.