ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓު ސަރަހައްދުގައި އުރީދޫގެ ކިއޮސްކް މެޝިނެއް ބަހައްޓަން ތައްޔާރުވަނީ


ކުޅުދުއްފުށީ ލޯކަލް މާރުކޭޓު ސަރަހައްދުގައި އުރީދޫގެ ކިއޮސްކް މެޝިނެއް ބަހައްޓަން ނިނަމައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ މިމެޝިން ބަހައްޓަން ނިންމީ އެރަށަކީ ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރާ ރަށަކަށްވާތީ މޯބައިލް ފޯނުތަކަށް ރީޗާރޖް ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަަމަށެވެ.

މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ. މި އިޢުލާނުގައިވާ ގޮތުން މިމެޝިން ބަހައްޓާނީ އެރަށު ލޯކަލް މާރުކޭޓުގެ ގޯތިތެރޭގައި ބަންޑާރަ މަގަށް ވާގޮތަށް ކިއޮސްކް މެޝިނެއް ބެހެއްޓޭ ވަރުގެ ކުޑަ އިމާރާތެއް ހަދައިގެން ކަމުގައެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މިއީ އުރީދޫއާއި އެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި މިކަމަށް ޚާއްޞަ އިމާރަތެއް ހަދަން ނިންމާފައިވާ ކަމަށެވެ. މާރުކޭޓް ހުންނަ ސަރަހައްދަކީ ރަށަށް އަރާ އެހެން ރައްރަށުގެ މީހުންވެސް ގިނަ އަދަދަކަށް ހަރަކާތް ތެރިވާ ސަރަހައްދެއް ކަމަށާއި އެސަރަހައްދު މިކަމަށް ހަމަޖެއްސީ ގިނަބަޔަކަށް ފަސޭހަގޮތެއްގައި މިޚިދުމަތް ލިބިގަތުމަށް މަގު ފަހި ކޮށްދިނުމަށް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުންބުނީ މި މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހު 19 ވަނަ ދުވަހުގެ 13:00 ބާއްވާނެކަމަށެވ.