ސިޔާސީ

ކައުންސިލަރުންނަށް ހިންގާ ޓްރޭނިންގ ޕްރޮގްރާމެއް ފުނަދޫ ގައި


ލޯކަލް ކައުންސިލް ފަންޑް މެނޭޖުމަންޓް ޓްރޭނިންގ ޕްރޮގްރާމް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ގައި ފަށައިފިއެވެ.ރާއްޖޭގެ ކައުންސިލްތަކަށް އަމާޒުކޮށްގެން އެލްޖީއޭއިން ދެދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން ބައިވެރި ވެފައިވާކަމަށް ށ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.މިޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދު މިއަދު ވިދާޅުވީ މި ޕްރޮގްރާމުގެ އެއް ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފަންޑުތައް މެނޭޖްކުރުމަށާއި ފަންޑު ދިރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުންކަމަށެވެ. އަދި އަނެއް ބޭނުމަކީ ކައުންސިލްތަކުން މިހާރު ފަންޑު މެނޭޖްކުރަމުންދާ ގޮތުގެ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކަށް ހިއްސާކުރުން ކަމަށް ވިދާޅުވިއެވެ. މި ގޮތުން ބިޒްނަސް ސެންޓަރެއްގެ މައުލޫމާތާއި ވިޔަފާރި ރަޖިސްޓަރީ ކުރުމާއި، ރާއްޖޭގައި ކޯޕަރޭޓިވް ސޮސައިޓީ އޮޕަރޭޓްކޮށް ހިންގާނެ ގޮތުގެ މައުލޫމާތާއި މިޕްރޮގްރާމް ކުރިއަށް ދާނެ، އަދި މީގެ އިތުރުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާބެހޭ މައުލޫމާތު ކައުންސިލްތަކުގެ އިސްވެރިންނަށް ދިނުން މި ޕްރޮގްރާމް ތެރޭ އޮންނާކެމަށް އެލްޖީއޭގެ މެނޭޖިން ޑިރެކްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.މި ޕްރޮގްރާމުގައި މައުލޫމާތުދެއްވާނީ ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެ ކައުންސިލްތަކަށް މައުލޫމާތު ދެއްވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.މި ޕްރޮގްރާމް ށ. އަތޮޅުގައި ބާއްވަން ނިންމީ އެ އަތޮޅު ކައުންސިލަކީ ފަންޑު މެނޭޖްކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ކުރިއެރުންތައް ހޯދާފައިވާ އަތޮޅަށް ވުމާއި ގުޅިގެން ކަމަށް އެލްޖީއޭއާއި ހަވާލާދީ ށ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މިމަހުގެ ކުރީ ކޮޅު ށ. ފުނަދޫ ކައުންސިލާއި އަތޮޅު ކައުންސިލްގެ މާލީރިޕޯޓް ތަކުގެމައުލޫމާތު އެފަރާތުން ވަނީ ހޯއްދަވާފައެވެ.