ވިޔަފާރި

އާ ހިދުމަތްތަކާއި އެކު މިފްކޯގެ މަސްފިހާރަ ހުޅުވައިފި


އާ އުފެއްދުންތަކާއި އާ ހިދުމަތްތަކާއި އެކު މިފްކޯގެ މަސްފިހާރަ ހުޅުވައިފިއެވެ.މަރާމާތަށް ފަހު މިފްކޯގެ މަސް ފިހާރަ މިއަދު ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދް ޝަހީރުއެވެ.މިފްކޯއިން މިއަދު ބާޒާރަށް އަލަށް ނެރެފައިވަނީ ދިލަ ޖެއްސި މަހުގެ ހަތަރު ބާވަތަކާއި، ސޯސް މަސް ދަޅުގެ ވަތްތަރަކާއި މަސްބުރި ރިހަ ދަޅުގެ ވައްތަރެކެވެ.ޖާގައިގެ ގޮތުން ބޮޑު ކުރުމަށްފަހު މިފްކޯ މަސްފިހާރަ ހުޅުވާފައިވަނީ އާ ހިދުމަތަކާއި ވެސް އެކު، އެގޮތުން އެފިހާރައިން މަހުން ތަފާތު ވަތްތަރުތަކުގެ ކެއުންތައް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީތައް ހިލޭ ލިބެން ހުންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.މިފްކޯއިން ހާމަކުރާގޮތުގައި މި އަހަރުގެ ރޯދަ މަހު މިފްކޯގެ މަހުގެ ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށާއި މަހުގެ އަގުތައްވެސް އެއް ހަމައެއްގައި ހިފަހައްޓާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށްޓަކައި މިފްކޯއިން ވަނީ ދުރާލާ ތައްޔާރުވާން ފަށާފައެވެ.