ޚަބަރު

"ސެކްޝަން 375" ތަފާތު ވާނެ


މި މަހުގެ 13 ވަނަ ދުވަސް ވާނީ އަނެއްކާވެސް ބޮލީވުޑް ފިލްމެއްގެ އިންތިޒާރުގައި ތިބި ފަރާތް ތަކަށް ލިބޭނެ ރަނުގެ ފުރުޞަތަކަށެވެ.

ސެކްޝަން 375 ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ މި އަހަރު ސިނަމާތަކަށް ނިކުންނާނެ އެންމެ ތަފާތު އެއް ފިލްމުކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިހާރު މި ވަނީ މި ފިލްމުގެ އޮފިޝިއަލް ޓްރެއިލަރ އަދި ޕޯސްޓަރ ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ.
ޓްރެއިލަރ އިން ވެސް މި ފިލްމަކީ ތަފާތު ފިލްމެއްކަން ދައްކުވައިދެއެވެ.

ސެކްޝަން 375 އަކީ، އިންޑިއާގެ ޕީނަލް ކޯޑު ސެކްޝަން 375 ގެ މައްޗަށް ތައްޔާރުކޮށް ފައިވާ ފިލްމެކެވެ.
ހަޤީޤީ ވާހަކައެއްގެ މައްޗައް ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ދައްކުވައި ދެނީ ރޭޕްކޭސް އެކެވެ.
ހަމައެއާއެކު އެ ރޭޕްކޭސް އާއި މެދު ވާކާލާތު ކުރެވިގެންދާ ގޮތް މި ފިލްމުން ދައްކުވައިދޭއިރު، އިންސާފު ހޯދުމަށް ކުރާ މަސައްކަތް ތައްވެސް ފެނިގެންދާނެއެވެ.
އަޖޭ ބަހަލް ޑައިރެކްޓް ކޮށް ތައްޔާރު ކޮށްފައިވާ މި ފިލްމުން ކުޅަދާނަ އެތައް ފަންނާނުންނެއް ފެނިގެން ދާނެއެވެ.
އެގޮތުން އަކްޝޭ ކަންނާ، ރިޗާ ޗަންޑާ، މީރާ ޗޯޕްރާ، ރާހުލް ބަޓްގެ އިތުރުން އެތައް ފަންނާނުންނެއް ވެސް މި ފިލްމްއިން ފެނިގެން ދާނެއެވެ.
މި ފިލްމަކީ ޢިބްރަތް ތެރި އެތައް ފިލާވަޅުތަކެއް ލިބިގެންދާނެ ފިލްމެއްކަން ބޮލީވުޑްގެ ކަންކަން ވިލެރެސް ކުރާ ފަރާތް ތަކުން ބުނާއިރު މި ފިމްމާއި މެދު ކުރެވޭ އުއްމީދު މިވަނީ ވަރަށް ވެސް ބޮޑުވެފައެވެ.