ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ. ކުއްޖާ މަގުމަތިން ފެނުނީ ފުލުހުންނަށްކަމަށާއި ހާލު ރަނގަޅުކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ނައިފަރުގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވާތީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުން ފެށިގެންނެވެ.