ވައްތަރު މީހެއްގެ ޕާސްޕޯޓް ހިފައިގެން ޝަޚުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ފިރިހެނެކެވެ. އަދި އިމިގްރޭޝަނުން ވަނީ އެމީހާގެ ފޮޓޯއާއި ވަގު ޕާސްޕޯޓުވެސް ޢާންމުކޮށްފައެވެ. އެހެންނަމަވެސް އެމީހާގެ އުމުރާއި ޤައުމު އަދި އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ޢާންމުކުރައްވާފައެއް ނުވެއެވެ.
ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމްތައް ވަރުގަދަކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންވަނީ ދާދިފަހުންވެސް ކުރައްވާފައެވެ. އެގޮތުން ސިސްޓަމްތަކަށް ގެނައި އަޕްޑޭޓްތަކާއެކު ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ހުރިހާ ސީ ޕޯޓްތަކެއްގެ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންވަނީ ވިދާޅުވެފައެވެ.