ޚަބަރު

ހއ.މޮޅަދޫ ބަނދަރު ހަދަން ބަޔަކާ ޙަވާލުކޮށްފި


26 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ ހއ.މޮޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް އެއްއަހަރު ދުވަހުގެތެރޭގައި ނިންމުމަށް ޙަވާލުކުރެއްވީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި ސެނޮކް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެކައުންޓެންޓް ޕްރަބާތެވެ.

މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 232 މީޓަރުގެ ބޭރު ތޮއްޓެއްލުމަށާއި 42 މީޓަރުގެ ރިވެޓްމަންޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި ސައުވީސް ހާސް ހަތްސަތޭކަ ކިއުބިކް މީޓަރަށް މޮޅަދޫގެ ބަނދަރު ފުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.