 
										
			މަސައްކަތް ހުއްޓިފައިހުރި ހުރިހާ ރަށެއްގެ ހައުސިންގ ޔުނިތްތަކުގެ މަސައްކަތް މިއަހަރުގެ ނިއަލަށް ނިންމާނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ހުރި ހުރިހާ ރަށެއްގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަަމަށެވެ.
ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ވިދާޅުވީ އާ ސަރުކާރު ހަވާލުވިއިރު މަސައްކަތް ފުރިހަމަ ނުކޮށް، މަސައްކަތް ހުއްޓާލާފައިވާ ހައުސިންގ ޔުނިތްތައް ގިނަ ރަށްތަކުގައި ހުރިކަމަށެވެ.
އަދި ހަވާލުކޮށްފައިވާ ފްލެޓްތަކުގައިވެސް މަސައްކަތް އެއްކޮށް ނުނިމޭތީ މީހުންނަށް ދިރުއުޅުން ބަދަލު ނުކުރެވިފައި ހުރި ރަށްތައްވެސް ހުރިކަމަށެވެ. 
ޚާލިސް ވިދާޅުވީ ހައުސިންގ ޔުނިޓް އަޅަންފެށި ގިނަ ރަށްތަކުގައި ނިންމާފައިހުރި ސިވިލް މަސައްކަތް، ނުވަތަ ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް އެކަނި ކަމަށެވެ. މީގެތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ނުފަށާ ހުރި ރަށްތަކާއި، އަދި މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ގިނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 
މި ރަށްރަށުގެ ތެރޭގައި ދިއްދޫ، ކުޅުދުއްފުށި، ތުޅާދޫ، ފުވައްމުލައް އަދި ގއ، ގދއާއި އައްޑޫ ސިޓީގެ ބައެއް ރަށްތައްވެސް ހިމެނެއެވެ.
މަސައްކަތް ދިގުދެމިގެންދިޔަ ބައެއް ރަށްތަކުގެ ހައުސިންގ ޔުނިޓްގެ ތަށިމުއްޓާއި ޓިނުފަދަ ތަކެތި ހަލާކުވެ އަލުން ބަދަލު ކުރަން ޖެހިފައިވާކަމަށްވެސް މިނިސްޓްރީއިންވަނީ ބުނެފައެވެ. ޚާލިސް ވިދާޅުވީ މަސައްކަތްތައް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ނުގެންދެވުމާއި، އަދި ބައެއް މަސައްކަތްތައް އަލުން ކުރަން ޖެހުމުގެ ސަބަބުން މިކަމަށް ސަރުކާރުން ބޮޑު ހޭދައެއްވެސް ކުރަންޖެހޭކަމަށެވެ. 
ހައުސިންގ މިނިސްޓްރީއިން ބުނެފައިވަނީ މަސައްކަތް ނުނިމި ހުރި ރަށްތަށް ބަލައި، މިހާރު ހުރިހާ ރަށެއްގެވެސް ނުނިމި ހުރި، ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިގޮތަށް ނުނިމި ހުރި ރަށްތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށްކަމަށެވެ. 
ސަރުކާރުންވަނީ ހަވާލުނުކޮށްހުރި ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ކުރިން ފްލެޓްދިން ލިސްޓް އަލުން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރިވިއުކުރަންވަނީ ފަށާފައެވެ. ފޯމުރައް ރިވިއުކުރުމަށް ކައުންސިލާއި ހަވާލުކޮށްފައިވަނީ ފެލްޓް ލިބޭ ރައްޔިރުންނަކީ އެކަމަށް އެންމެ ޙައްގުވެރި ފަރަތްތައްކަން ކަށަވައރުކުރުމުގެ ގޮތުންނެވެ. ބައެއް ރަށްތަކުގެ ކައުންސިލްތަކުން  މިހާރުވަނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓްތައް އިޢުލާންކޮށްފައެވެ. އަދި އަނެއްބައި ރަށްރަށުގެ ކައުންސިލްތަކުންވަނީ ވަގުތީ ލިސެޓްނެރެ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. 
މީގެތެރެއިން ބައެއް ރަށްރަށުގެ ކައުންސިލުން މަޢުލުޟާތު ދޭ ގޮތުގައި ހައުސިންގ ޔުނިތްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، ޕްލެޓް ލިބުނު މީހުންނާއި މިމަހު ތަޅުދަނޑި ހަވާލުކުރާނެކަމަށްވަނީ ބުނެފައެވެ. 
		
 
										 
										
			ސަރުކާރުންވަނީ ހަވާލުނުކޮށްހުރި ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ކުރިން ފްލެޓްދިން ލިސްޓް އަލުން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރިވިއުކުރަންވަނީ ފަށާފައެވެ. ފޯމުރައް ރިވިއުކުރުމަށް ކައުންސިލާއި ހަވާލުކޮށްފައިވަނީ ފްލެޓް ލިބޭ ރައްޔިރުންނަކީ އެކަމަށް އެންމެ ޙައްގުވެރި ފަރަތްތައްކަން ކަށަވައރުކުރުމުގެ ގޮތުންނެވެ. ބައެއް ރަށްތަކުގެ ކައުންސިލްތަކުން  މިހާރުވަނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓްތައް އިޢުލާންކޮށްފައެވެ. އަދި އަނެއްބައި ރަށްރަށުގެ ކައުންސިލްތަކުންވަނީ ވަގުތީ ލިސެޓްނެރެ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. 
މީގެތެރެއިން ބައެއް ރަށްރަށުގެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ހައުސިންގ ޔުނިތްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، ޕްލެޓް ލިބުނު މީހުންނާއި މިމަހު ތަޅުދަނޑި ހަވާލުކުރާނެކަމަށްވަނީ ބުނެފައެވެ..