ޚަބަރު

ގައުމީ 9 ބޯލް ޗެމްޕއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕއަންކަން އަމިނަތު ފާތީ ހޯދައިފި


ގައުމީ 9 ބޯލް ޗެމްޕއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕއަންކަން އަމިނަތު ފާތީ ހޯދައިފިއެވެ.

އެމްޕީބޭއޭ ކަލުބް ހައުސްގައި ކުޅުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗު އަމިނަތު ފާތީ ކާމިޔާބުކުރީ ދީނާ އަހުމަދާ ވާދަކޮށް 7 ފެރޭމް 5 ފްރޭމުންނެވެ. މި ދެކުޅުންތެރިން ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ސެމީ ފައިނަލުގައި ފަޒްނާ މޫސާ އާ ވާދަކޮށް މޮޅުވެގެންނެވެ.

މިއީ މިއަހަރު ގައުމީ ފެންވަރުގައި އަންހެން ކުޅުންތެރިން ރޭންކް ކުރަން ފެށިފަހުން ފާތީ ހޯދީ ގައުމީ ދެވަނަ ތަށިއެވެ. ފާތީ ވަނީ މިއަހަރު ބޭއްވި ގައުމީ 08 ބޯލް ޗެމްޕިއަންކަން ވެސް ފާތީ ވަނީ ހޯދާފައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ 10 ކުޅުންތެރިޔަކު ވަނީ ވާދަކޮށްފައެވެ.

ގައުމީ 09 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މފިރިހެން ފައިނަލުގަ ވާދަކުރާނީ ރާއްޖޭގެ ރޭންކިންގެ ދެވަނަ ހަސަން ޝާޒް އާއި ރޭންކިން ހަތަރުވަނަ މުހަންމަދު ޝަރީފްއެވެ. މިމެޗް ޔޭސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.