ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހަކު ކަނޑުމަތިން ފެނިއްޖެ


ގެއްލިގެން ހޯދަމުންދިޔަ މީހަކު ކަނޑުމަތިން ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. ފުލުހުން ވިދާޅުވީ މިއަދު ހަވީރު 17:15 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 57 އަހަރުގެ މި މީހާ ކަނޑުމަތިން ފެނިފައިވަނީ މިރޭ 21:30 ހާއިރު އެމްޓީސީސީގެ ފެރީއަކަށް ކަމަށެވެ. އަދި އެމީހާ ކަނޑުމަތިން ނަގައިގެން ފުލުހުންގެ އިދާރާއަށް ގެނެސްފައިވާކަމަށާ، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެމީހާގެ އާއިލާގެ މީހުންވެސް ފުލުސް އޮފީހަށް ހާޒިރުވިކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.