ޚަބަރު

ތާޢީދު ހޯދުމަށް ރައީސް ޔާމީން އަތޮޅުތަކަށް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ތާޢީދު އިތުރު ކުރެއްވުމަށް ކެމްޕެއިން ދަތުރުފުޅެއްގައި އދ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އދ. އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ މި ދަތުރުފުޅުގައި ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުވެސް ބައިވެރިވެވަޑައިގަންނަވެއެވެ.
މި ދަތުރަކީ ހަމައެކަނި ކެމްޕޭން ދަތުރެއް ނޫންކަމަށާއި، މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުންކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް އިދިކޮޅު ޕާޓީތަކަށް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ކުރީގެ ރައީސްވަނީ ވިދާލުވެފައެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުގައި އެ މަނިކުފާނާއިއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސަރުކާރާއި ގުޅިވަޑައިގަތަސް ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށް ލިބޭނެ ގެއްލުމެއް ނޯންނާނެކަމަށާއި އިދިކޮޅު ޙަރަކާތްތަކަށް އުނިކަމެއް ނާންނާނެކަމަށެވެ.

ރައީސް ޔާމީންއާއިއެކު ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އަދި ރައީސް ޔާމީންގެ ނައިބު ރައީސްކަމުން ވަކިކުރެވުނު ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރެއް ރައްޔިތުން ޤާއިމުކުރީ ރާއްޖޭގެ އޭރުގެ ޙާލަތަށް ބަދަލެއް ގެންނަންކަމަށެވެ.

މި ދަތުރުގައި ޔާމީން ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުރީގެ ބައެއް މަޖިލިސް މެންބަރުންވެސް ބައިވެރިވަޑައިގަންނަވައެވެ.