ތަޢުލީމު

އދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުންޓުން ހުވާ ކޮށްފި


އދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުންޓުންނާއި ކަބްސްކައުޓުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.މިކަމަށްޓަކައި އިއްޔެ ހަވީރު އެމަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހުވާލައި ދެއްވީ ކަބްސްކައުޓް ލީޑަރ އާމިނަތު ނަސްރާއެވެ.ސްކާފް ޙަވާލުކޮށްދެއްވީި ޝަރަފްވެރި މަހިބަދޫ ޕޮލިސްސްޓޭޝަންގެ އިންޗާރޖް ޕޮލިސް ސާރޖަންޓް މޫސާ ހިލާލުއެވެ.މިރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް މޫސާ ނަދީމު ސްކައުންޓުންނާ ކަބްސްކައުންޓުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަކާގައި، މިކަމުން ލިބޭ ތަމްރީނުގެ މުހިންމުކަމާއި މިތަމްރީނު ތަކަށްފަހު ދިރިއުޅުމުގެ މައިދާނަށް ނުކުންނަ ސްކައުޓުންގެ ފަރާތުން ފެންނަ ހަރުދަނާކަމުގެ މިސާލުތައް ދައްކަވާ ފުރިހަމަ ސްކައުޓް ތަމްރީނު ލިބިގަތުމަށް ނަސޭޙަތްތެރިވެލެއްވިއެވެ.