ޚަބަރު

ކުޑަކުދިންނަށް ޖެހޭ ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ފަށައިފި


ކުޑަކުދިންނަށް ޖެހޭ ކެންސަރާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ކެންޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ ކެންސަރ ސޮސައިޓީން އިސްނަގައިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. މިކެމްޕޭން ފެށުމަށް އާރޓް ގެލަރީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ޓީޓީ އިވެއްޓެއްގެ ގޮތުގައެވެ.

މި ހަރަކާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ އަލާމާތްތަކާއި ނިޝާންތަކާއިބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވި މި ޙަރަކާތުގައި ވަނީ ކުޑަކުދިންނަށްޖެހޭ ކެންސަރަށް ހޭލުންތެރިކަން އިތުރުކުމަށް " ޗައިލްޑްހުޑް ކެންސަރ އެވެއަރނަސް އެމްބެސެޑަރ" އެއްގެ ގޮތުގައި ޓީޓީ ކުޅުންތެރިއަޔާ އައިޝަތު ރަފާ ނާޒިމް ހަމަޖައްސާފައެވެ.