މުނިފޫހިފިލުވުން

މިއަހަރުގެ ފިލްމް އެވޯޑްގެ އިވެންޓް އޮގަނައިޒަރ އަކަށް ޕީއެސްއެމް


މިއަހަރުގެ ފިލްމް އެވޯޑް ގެ އިވެންޓް އޮގަނައިޒަރ އަކަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީ އެސް އެމް ހަމަޖައްސައިފިއެވެ.ހަތަރުވަނަ ފިލްމް އެވޯޑްގެ އިވެންޓް އޮގަނައިޒަރ އަކަށް ޕަބްލިކް ސާރވިސް މީޑިޔާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ސަލްސާ ރޯޔަލް ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތުގައި ފިލްމް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެސޯސިއޭޝަންގެ ރައީސް އަބްދުލް އަބްދުލް ފައްތާހް އަދި އެސޯސިއޭޝަންގެ ނައިބު ރައީސް، ނިއުމާ މުހައްމަދުއެވެ.ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު އަދި ޕީ އެސް އެމްގެ ސީ އޯ އޯ މުހައްމަދު ސައީދުއެވެ.ޕީ އެސް އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ވިދާޅުވީ، ޕީ އެސް އެމްއަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ކުރިއެރުމަށާއި، ތަފާތު ފަންނު ތަކަށް އަބަދުވެސް ހިތްވަރުދޭނެ ކުންފުންޏެއް ކަމަށެވެ.ފިލްސްމް އެސޯސިއޭޝަންގެ ރައީސް އަބްދުލް ފައްތާހް ވިދާޅުވީ، ވެތުވެދިޔަ އަހަރުތަކުގައި މި އިވެންޓް އިންތިޒާމްކޮށްދެއްވީ، ހައިރައިޒްއިން ކަމަށާއި، މިފަހަރުގެ އޮގަނައިޒަރ އަކަށް  ޕީ އެސް އެމް ހަމަޖެހުނި އިރު، މިފަހަރުވެސް މި އިވެންޓް ކާމިޔާބުވާނެ ކަމަށް ޝައްކުނުކުރާ ކަމަށެވެ.ހަތަރުވަނަ މޯލްޑިވްސް ފިލްމް އެވޯޑްސް އޯގަސްޓްމަހުގެ ސައްބިސްވަނަ ދުވަހުރޭ ބާއްވާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި އިއުލާން ކޮށްފައިވެއެވެ. އެވޯޑާއި ގުޅޭ އިދާރީ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންދާ ކަމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.