ޚަބަރު

ފުރަތަމަ މެޗްގައި ގުއާމްގެ މައްޗަށް ރާއްޖެ ކުރި ހޯދައިފި


ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ގުއާމްއާއި ދެކޮޅަށް ދިވެހި ޤައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން ދިވެހި ޓީމް މޮޅުވީ އެކެއް ސުމަކުން. މެޗުގައި ދިވެހި ޓީމުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިންއެވެ.
މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދިވެހި ޓީމުން ތަނަވަސްކުރި. މިގޮތުން އަސަދުﷲ އަބްދުﷲ، ނާއިޒް ހަސަން އަދި އިބްރާހިމް މަހުދީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު ޤައުމީ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނީ ފުރަތަމަ މެޗުން ލިބުނު މޮޅުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށްކަމަށާއި، އުނދަގޫ ހާލަތެއްގައި ޓީމް އޮއްވާ މި ލިބުނީ މުހިންމު މޮޅެއްކަމަށް. އަދި ފެށުން ރަނގަޅު ކުރެވުމަކީ ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު ލިބުނު ބޮޑު ހިތްވަރެއްކަމަށް އޭނާ ބުނެފިއެވެ.

ޑޯޑް ބުނީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދިވެހި ޓީމުގެ ފޯވާޑުންގެ ސްޕީޑްކަމަށާއި، އެ ކުޅުންތެރިން ހުއްޓުވަން ޓީމަށް އުނދަގޫވީކަމަށެވެ. އަދި ފުރަތަމަ މެޗަށްވެފައި ޓީމް ހަމައަކަށް ނޭޅެނީސް ރާއްޖެއިން ގޯލް ޖެހުމުން މެޗުން މޮޅުވާން އިތުރު ގޮންޖެހުމެއްދިމާވީކަމަށް އޭނާ ބުނެފިއެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި މިމަހުގެ 10ވަނަ ދުވަހު ނިކުންނާނީ ވަރުގަދަ ޗައިނާއާއި ދެކޮޅަށެވެ.