ޚަބަރު

ބްރޯޑްކޮމްއަށް ކުރިމަތިލި ނަންތަކަށް އާއްމުންގެ ޚިޔާލު ހޯދަނީ


ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ނަންތަކަށް އާއްމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމް އިން ހުސްވެފައިވާ 2 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ މަހުގެ 27 ވަނަދުވަހު މަޖިލީހަށް ފޮނުއްވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖޭގެ މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅުންނާއި، މިހާރުވެސް މީޑިޔާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރިމަތި ލައްވާފައިވެއެވެ.

މި ނަންތަކަށް އާއްމުންގެ ޝަކުވާއެއް އޮތްނަމަ މިމަހުގެ 18 ވަނަދުވަހުގެ ކުރިން މަޖިލީހަށް ހުށައެޅުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. އަދި ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތަކުން ލިޔުމުން ނުވަތަ މަޖިލީހަށް މެއިލް ކުރެވޭނެކަމަށްވެސް ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވި ނަންތައް

- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
- މުހައްމަދު ހިލްމީ، ގ.ޑޭޒީފެހި
- އަހުމަދު ގައިސް، ސަނީޑެއިލް، ގދ. ތިނަދޫ
- އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
- އާމިލާ އާދަމް، މއ. އަޅިފެހި
- އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
- ޖައުފަރު ރަޝީދު، ފަތަކުމާގެ، ފ. ދަރަނބޫދޫ
- އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
- ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
- ނަފީޒު މުހައްމަދު، ދަފްތަރު ނަންބަރު 14596
- އަބްދުއް ލަތީފް އަހްމަދު، ދަފްތަރު ނަންބަރު 2345
- ޔުސްރާ އަހުމަދު، ޖަނބުރޯޒްގެ، ގދ. މަޑަވެލި
- އަހްމަދު އަޝްރަފް، ވ. މަށިވެލި
- އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
- އާއިޝަތު ލީޒާ، ލޯރަލްއާގެ، ނ. ވެލިދޫ
- އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
- މޫސާ ރިލްވާން، މ. ހާވިލާ
- އިބްރާހިމް ޝަރީފް، ގ. އަލިޝާ
- މުއުމިނާ އާދަމް، ގ. ހާފްޝީ
- އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312
- އަހްމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ
- އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
- ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055
- މުހައްމަދު ޝައްމޫން، މ. ވަސެލް
- ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
- އައިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
- އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
- މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
- އަލީ ސައީދު، ބޭބީ ހައުސް، ޅ. ނައިފަރު
- މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
- އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
- މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
- މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
- އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަންބަރު 8946
- އިބްރާހިމް ނަޝީދު، މ. އިރުވައިގެ
- މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. ހިތަދޫ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެމެމްބަރެއްގެ މަޤާމު ހުސްވީ އެކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޙަސަން ނަބާހާއި އިސްމާއީލް ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

މީގެއިތުރުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް ފާތިމަތު ޒައިނާވެސް ކޮމިޝަނުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ނިންމާ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އަލުން ވަނީ ފޮނުވާފައެވެ.