މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށުގެ ބޯހިޔާވަހިކަމުގެ ހާލަތު ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓަރ އެ އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
މި ދަރުރުފުޅުގައި މިނިސްޓަރ އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ބ.ތުޅާދޫއަށެވެ. މިނިސްޓަރ ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކަށް ވަޑައިގެން އެތަންތަންނުގެ ހާލަތުބައްލަވާލައްވާފައެވެ. މިނިސްޓަރ އާތިފާ ވަނީ އެރަށު ކައުންސިލާއި ބައްދަލު ކުރައްވައި ގެދޮރުވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ކައުންސިލްގެ ކަންބޮޑުވުންތައްވެސް އޮޅުންފިލުއްވާފައެވެ.
ތުޅާދޫއަށްފަހު މިނިސްޓަރ ވަނީ އެއަތޮޅު އޭދަފުއްޓަށް ވަޑައިގެން އެރަށު ކައުންސިލާއި ބައްދަލުކުރައްވައި، އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
މިނިސްޓަރ ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތްކުރައްވާ ރަށްރަށުގެ ބޯހިޔާވަހިކަމުގެ ހާލަތު ބައްލަވާލައްވަމުންނެވެ.