އަތޮޅުތައް

އަނަންތަރާ ބ. ކިހަވައްވިލާސްގައި ލޭހަދިޔާކުރުމުގެ ކޭމްޕެއް


މައިނާ ފައުންޑޭޝަން ޑޭ ފާހަގަކުރުމުގެގޮތުން
އަނަންތަރާ ކިހަވަށްވިލާސް ރިސޯޓްގެ ފަރާތުން ލޭހަދިޔާކުރުމުގެ ކޭމްޕެއް
ބާއްވައިފިއެވެ. 



ހުކުރު ދުވަހު އެރިސޯޓުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ރިސޯޓު މުވައްޒަފުންގެ އިތުރުން،
ބ. އަތޮޅު ކުޑަރިކިލު އަދި ކެންދޫގެ އާއްމުންވެސް ލޭހަދިޔާކުރިކަމަށް
އަންނަތަރާއިން ބުނެއެވެ. އަންނަތަރާ ކިހަވަށްވިލާގެ އެޗްއާރު އެގްޒެކްޓިވް އިސްމާއިލް
ޝަހީމް ވިދާޅުވީ މިހަރަކާތުގެ މަޤްސަދަކީ ތެލަސީމިއާ ކުދިންނަށް އެރިސޯޓްގެ
ފަރާތުން އެހީތެރިވުންކަމަށާ، މިކޭމްޕްގައި ސަތޭކަ ފަންސާސް މީހުންގެ
ލޭހަދިޔާކުރެވޭނެކަމަށެވެ. 

އިސްމާއިލް
ވިދާޅުވީ މައިނާ ފައުންޑޭޝަން ޑޭ ފާހަގަކުރުމުގެގޮތުން އެރިސޯޓުގެ މޫދު ސާފުކުރުން
ހޮނިހިރު ދުވަހު ކުރިއަށްދާނެކަމަށެވެ. އަދި ހޯމަދުވަހު ބ. ކުޑަރިކިލު މިސްކިތުގައި އަނަންތަރާ
މުވައްޒަފުން ގުޅިގެން ކުލައާކުރުމުގެ މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މައިނާ ފައުންޑޭޝަން
ޑޭ އާއި ގުޅިގެން އެރިސޯޓުން މިދިޔަ އަހަރުވެސް ލޭހަދިޔާކުރުމުގެ ކޭމްޕެއް
ބައްވާފައިވެއެވެ.