އަތޮޅުތައް

ކުޅުދުއްފުށީގައި ޑްރައިވިންގ ސްކޫލެއް ހުޅުވައިފި


އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގޭ ފެންވަރަށް ދުއްވަން ދަސްކޮށްދޭ ޑްރައިވިންގ ސްކޫލެއް ކުޅުދުއްފުށީގައި
ހުޅުވައިފިއެވެ. 



"ދަސްވެ
ޑްރައިވިންގ ސްކޫލު" ގެ ނަމުގައި ގިނަ ވަސީލަތްތަކާއެކު ހުޅުވުނު މިސްކޫލު ހުޅުއްވައިދެއްވީ
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި، ހެޑް އޮފް އަޕަރނޯތް ޕޮލިސް
ޑިވިޝަން އިންސްޕެކްޓަރ ނަސްރުﷲ ޖަލީލުއެވެ.



މިރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުން ނަސްރުﷲ ވިދާޅުވީ މިހުޅުވުނު ސްކޫލުގެ ސަބަބުން ލިބޭ
ހިތްހަމަޖެހުމަކީ މިހިދުމަތް ހޯދާ ކޮންމެ މީހެއްގެ ފަހަތުގައި ތަޖުރިބާކާރު ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީން ލައިސަންސް ލިބިފައިވާ އެއްގަމު ދަތުރު ފަތުރާބެހޭ ގާނޫނު
އެނގޭ ފަރާތެއް ހުރުމެވެ. 

މިރަސްމިއްޔާތުގައި
މިސްކޫލުގެ ލޯގޯ ފަރުމާކޮށްދެއްވާފައިވާ ކުޅުދުއްފުށީ އެލްޕާސޯ، އަޙްމަދު މޫސާ
އަށް ހަނދާނީ ފިލައެއް ދީފައިވެއެވެ. 



ކުޅުދުއްފުށީގައި
ހުޅުވުނު މިޑްރައިވިން ސްކޫލަކީ އެއްގަމު އުޅަނދުގެ ލައިސަންސް ނަގަން ބޭނުންވާ
ފަރާތްތަކަށް ދުއްވަން ދަސްކޮށްދީ ލައިސަންސް ހޯދައިދިނުމުގައި އެހީތެރިކަން
ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވުނު ޑްރައިވިންގ ސްކޫލެކެވެ. މިތަނުގައި ޖުމްލަ 8
އިންސްޓެކްޓަރުން މަސައްކަތް ކުރާނޭ ކަމަށް އެސްކޫލުން ބުނެއެވެ. 



"ދަސްވެ
ޑްރައިވިން ސްކޫލް" ގެ ހިދުމަތް ފެށުމާއި ގުޅިގެން ދުއްވަން ދަސްކުރާ ފަރާތްތަކާއި،
އަލަށް ލައިސަންސް އަދި ލައިސަންސްގެ ކެޓަގަރީ އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ޑްރައިވިން
ސްކޫލްގެ އެހީތެރިކަން ލިބޭނެކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ.