ސިއްހަތު

މެގީ ނޫޑްލްސް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގައިފި


ތަހުލީލުތައް ހަދާ ވަކިގޮތެއް ކަނޑައަޅަން ދެން ރާއްޖޭގައި މެގީ ނޫޑްލްސް ނުވިއްކުމަށާއި، ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.ރާއްޖޭގައި މެގީ ނޫޑްލްސް ނުވިއްކުމަށާއި ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފައިމިވަނީ މެގީ ނޫޑްލްސްގައި ޞިއްޙަތަށް ނުރައްކާވާ މިންވަރަށް "ލެޑް" އާއި "މޮނޯ ސޯޑިއަމް ގްލުޓަމޭޓް" ހުރިކަމަށް ފާހަގަކުރެވިގެން ބައެއް ޤައުމުތަކުން މިޕްރޮޑަކްޓް ތަހުލީލުކޮށް ބާޒަރުން ނަގަމުންދާ ދަނޑިވަޅެއްގައެވެ.ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިޕްރޮޑަކްޓް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތީ ސާމްޕަލް ނަގާ ތަހުލީލްކުރުމުގެ މަސައްކަތް މިހާރުކުރަމުންދާކަަމަށެވެ. އެހެންކަމުން މިޕްރޮޑަކްޓްގެ ސަބަބުން އާއްމު ސިއްޙަތަށް ގެއްލުމެއް ވެދާނެކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  ތަޙުލީލު ނަތީޖާ ލިބި އެއޮތޯރިޓީް ވަކި ގޮތަކަށް ކަނޑައަޅަންދެން މެގީ ނޫޑްލްސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެއޮތޯރިޓީން އިލްތިމާސްކުރެއެވެ.އިންޑިޔާގެ ކުންފުންޏަކުން އުފައްދާ މެގީ ނޫޑްލްސް ވަނީ އެޤައުމުގައިވެސް ވިއްކުން މެދުކަނޑާލާފައެވެ.