ޚަބަރު

ސަރުކާރުގެ ހައުސިންގ މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ރަށަކަށް ހުޅުވާލަނީ


ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ހިންގުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިޞް ވިދާޅުވީ ހައުސިންގ މަޝްރޫޢު ހިންގުމަށް ބޭނުންވާ ރަށްތައް ކަނޑައަޅާނީ ކައުންސިލްތަކާއި މަޝްވަރާ ކުރުމަށްފަހުކަމަށެވެ.

ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޚާލިޞް ވިދާޅުވީ ސަރުކާރުގެ ހައުސިންގ މަޝްރޫޢު ހިންގާނެ ގޮތުގެ ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ބަލަމުންދަނީ ރަށްރަށޫގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ މިންވަރު ކަމަށް ޚާލިޞް ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ލ. ގއ. ގދ. ޏ. ސ އަތޮޅު ކައުންސިލާއި، އުތުރުން ހއ. ހދ އަތޮޅު ކައުންސިލަށް ސިޓީ ފޮނުވައި، ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ބަލަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހައުސިންގ ޔުނިޓް އެޅުމުގެ ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ރަށަކަށް ދޭނެކަމަށެވެ. މިހާތަނަށް ސިޓީ ނުފޮނުވާ އަތޮޅު ކައުންސިލްތަކަށް އަންނަ ހަފްތާގައި ސިޓީ ފޮނުވާނެކަމަށް ޚާލިޞް ވިދާޅުވިއެވެ.

ރަށްރަށުގައި އަޅާނީ ރޯ ހައުސްތޯ، ޕްލެޓްތޯ، ނުވަތަ ގެވަޅުގައި ގެ އަޅާނީތޯ ނިންމާނީ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް މަޝްވަރާ ކޮށްގެންކަަމަށް ޚާލިސް ވިދާޅުވިއެވެ.

ބައެއް ރަށްރަށުގެ ކައުންސިލުން މިހާރުވަނީ ގެ ނާޅާ ހުރި ގެވަޅުތަކުގައި ސަރުކާރުގެ ސްކީމްގެ ދަށުން ގެވަޅު އަޅަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

ސަރުކާރުންވަނީ ދެކުނުގެ އޮތޮޅުތަކަށް ޢަމާޒުކޮށް 5000 ހައުސިންގ ޔުނިޓް އަޅާނެކަން އިޢުލާން ކުރައްވާފައެވެ. އަދި އުތުރުގައި އަޅާނީ ހައުސިންގ ޔުނިޓްތަކުގެ އަދަދު ނިންމައި ކައުންސިލްތަކުން ހުށައަޅާ ހުށައެޅުންތަކަށް ބެލުމަށްފަހު، މިނިސްޓްރީންކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ މިގެތައް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ގެތަކުގެ 3 ޑިޒައިން ހަދާނެކަމަށެވެ. އަދި ބޭނުން ޑިޒައިނެއް ކަނޑައެޅުމުގެ ފުރުޞަތު ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.

އަދި މި ސްކީލްގެ ދަށުން އަޅާ ގެތަކަކީ ދިގު މުއްދަތުން ފައިސާ ދައްކާ ޚަލާޞް ކުރާގޮތަށް، އަތްފޯރާ އަގެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުތަކެއްކަމަށް ވެސް އޭނާ ވިދާޅުވި. ހައުސިންގ މިނިސްޓްރީއިން ގެންދަނީ ގެތަކުގެ އަގު ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ސަރުކާރުންވަނީ ދެކުނުގެ އޮތޮޅުތަކަށް ޢަމާޒުކޮށް 5000 ހައުސިންގ ޔުނިޓް އަޅާނެކަން އިޢުލާން ކުރައްވާފައެވެ. އަދި އުތުރުގައި އަޅާނެ ހައުސިންގ ޔުނިޓްތަކުގެ އަދަދު ނިންމާނީ ކައުންސިލްތަކުން ހުށައަޅާ ހުށައެޅުންތަކަށް ބެލުމަށްފަހު، މިނިސްޓްރީއިންކަމަށް އޭނާ ވިދާޅުވިއެވެ.

ޚާލިސް ވިދާޅުވީ ގެ ނާޅާ ހުރި ގެވަޅުތަކުގައި ސަރުކާރުގެ ސްކީމްގެ ތެރެއިން ގެ އެޅުމަށް އެހީވުމަށް ނިންމީ، މާލީ ގޮތުން ދަތިތައްހުރި މީހުނަށް އެހީވުމާއި، ބޭނުން ނުކޮށް ދޫކޮށްލާފައިވާ ގެވަޅުތައް މަދުކޮށް، އެތަންތަނަކީ ބޭނުންހިފޭ ތަންތަނަށް ހެދުމަށްކަމަށެވެ.
މިފަދަ ގެވަޅުތަކުގައި އެޅުމަށް ނިންމާފައިވަނީ 3 ކޮޓަރީގެ ގެތަކެވެ. ގެތަށް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ގެތަކުގެ 3 ޑިޒައިން ހަދާނެކަމަށް ޚާލިސް ވިދާޅުވިއެވެ. އަދި މިއިން ބޭނުން ޑިޒައިނެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެކަމަށް ވިދާޅުވިއެވެ.

ސަރުކާރުންވަނީ މި ތަންތަނަށް ޑައުން ޕޭވްމަންޓް ދައްކަން ނުޖެހޭ ގޮތަށްވެސް ކަނޑައަޅާފައެވެ. އަދި މި ސްކީލްގެ ދަށުން އަޅާ ގެތަކަކީ ދިގުމުއްދަތުން ފައިސާ ދައްކާ ގޮތަށް، އަތްފޯރާ އަގެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުތަކެއްކަމަށެވް ވިދާޅުވެފައެވެ. ހައުސިންގ މިނިސްޓްރީއިން ގެންދަނީ ގެތަކުގެ އަގު ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ..