ޚަބަރު

ރިޟުވާންއާއި ގުޅޭގޮތުން ތައްޔާރުކުރި ޑްރާފްޓް މަޖިލީހުގެ ރައީސަށް އަރުވައިފި


ނޫސްވެރިއާ އަޙްމަދު ރިޟްވާނާއި ގުޅޭގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

މި ޑްރާފްޓް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށްވެސް އިއްޔެ ވަނީ އަރުވާފައެވެ. މި ޑްރާފްޓާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ގެއްލުވާލާފައިވާ ނޫސްވެރިއާ ރިޟުވާނާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ދެއްވާފައެވެ. އަދި ރިޟްވާން މަރާލާފައިވާކަންވެސް އިއްޔެގެ ޕްރެސްކޮންފަރެންސްގައިި ސުޢޫދު ވަނީ ހާމަކުރައްވާފައެވެ.

މިމައްސަލާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ތަހުގީގުން ފެނިފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރިޞްވާންގެ އާއިލާގެ މެމްބަރުންވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އާއިލާގެ ކަންބޮޑުވުންތައް މަޖިލިސް ރައީސްއާއި ވަނީ ހިއްސާކުރައްވާފައެވެ.