ސިޔާސީ

ބޭރުގެ ޤައުމުތަކުން އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވޭ- މިނިސްޓަރ


ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތް ތަކާއި ގުޅޭގޮތުން ބޭރުގެ ބައެއް ޤައުމުތަކުން އަމަލުކުރާ ގޮތާދޭ ތެރޭ ކަންބޮޑުވެވަޑައިގަންނަވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ މިހެން ވިދާޅުވީ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައެވެ.އެގޮތުން އެބަޔާނުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ޝަރީޢަތް ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުން ޖުޑިޝިއަރީގެ މަސައްކަތާއި ނުބެހޭނެ ކަމުގެ ޔަގީންކަށް ދެއްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.މީގެ އިތުރުން ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން އިންސާފު ޤާއިމްކުރެވޭނެ ކަމަށާއި، ކުށްކުރުމާއި ހަމަނުޖެހުން އުފެއްދުމަށް ގޮވާލާގޮވާލުންތަށް ބަލައިނުގަނެވޭނެކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.