ކުޅިވަރު

ސްރީލަންކާގައި އޮންނަ ކުލަބު މުބާރާތެއްގައި ވާދަކުރުމަށް ވެމްކޯ އާއި ގުޑީސް ފުރައިފި


ސްރީލަންކާގައި އޮންނަ 33ވަނަ ނޭޝަނަލް ޔޫތް ސަރވިސަސް ކައުންސިލް، ރަޕުވަހިނި ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ކްލަބް ވެމްކޯ އާއި ގުޑީސް ސްރީލަންކާއަށް ފުރައިފިއެވެ.

މިމުބާރާތަކީ ސްރީލަންކާގެ ވޮލީބޯލަ ފެޑެރޭޝަން އާއި، ސްރީލަންކާ ރުޕަވަހީނީ ކޯޕަރޭޝަން އާއި، އަދި ސްރީލަންކާގެ ނޭޝަނަލް ޔޫތް ސަރވިސަސް ކައުންސިލް ގުޅިގެން، 25 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި ރާއްޖޭގެ ދެ ކުލަބުން ވާދަކުރަނީ، މުބާރާތް އިންތިޒާމުކުރާ ފަރާތުގެ ދަޢުވަތަކަށެވެ. އެގޮތުން މުބާރާތުގެ ސުޕަރ ލީގް ކެޓަގަރީގެ ފިރިހެން ބައިގަ ގުޑީސް ވާދަކުރާއިރު ކްލަބް ވެމްކޯ ވާދަކުރާނީ ހަމަ މިކެޓަގަރީގެ އަންހެން ބައިގައެވެ. މުބާރާތުގައި ވާދަކުރުމަށް ދެޓީމްވެސް ލަންކާއަށް ގޮސްފައިވާއިރު، ދެޓީމުގައިވެސް ގައުމީ ސްކޮޑުގައި ހިމެނޭ 25 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މުބާރާތަށް ފުރުމުގެކުރިން ދެޓީމްވެސް ވަނީ ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އަދި ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ދެޓީމުންވެސް ވަނީ ބިދޭސީ ދެކުޅުންތެރިން ސްކޮޑުގައި ހިމަނާފައެވެ.

މިމުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ ދޭކުން ހަޔަކަށް ސްރީލަންލާގެ ގަމްޕަހާގައެވެ.