ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ


ގދ.ފަރެސްމާތޮޑާ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނަސްރުއްﷲ ވިދާޅުވީ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮން ނިމިފައިވާކަމަށާއި ޓާރމިނަލާއި ރަންވޭގެ މަސައްކަތް އަދި ބަޔަކާ ހަވާލު ނުކުރާކަމަށެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަޝްރޫޢަކީ އެރަށުގެ އިތުރުން މުޅި ގދ.އަތޮޅުވެސް އެ މަޝްރޫއަކަށް އިންތިޒާރުކުރަމުންދާ މަޝްރޫއެއްކަމަށް މީގެކުރިން މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެ މަޝްރޫޢު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އަމާޒެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްޤީކުރަމުންދަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. މިއީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެރަށުގައި އެއަރޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންދަނީ ކުރަމުންނެވެ. އާބާދީގައި ބާރަ ސަތޭކައެއްހައި މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓު ހެދުމަށްޓަކައި އެރަށުގެ ފަޅުތެރެއިން ނަވާރަ ޕޮއިންޓު އަށެއް ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.