ޚަބަރު

ފިޔޯރީގައި މަސްވެރިކަން ކުރަން ނުކުމެ އުޅުނު 2 މީހަކު މަރުވެއްޖެ


ގދ. ފިޔޯރީގައި ދާޖަހައިގެން
މަސްހިފަންގޮސް އުޅުނު 2 މީހަކު ގެނބިގެން މަރުވެއްޖެއެވެ.



ޕީ.އެސް.އެމް އަށް
މައުލޫމާތުދެއްވަމުން ފިޔޯރީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މިދެމީހުން
މަރުވެފައިވަނީ މަސްހިފަން ގޮސްއުޅުމުގެ ތެރޭގައި އޮޔާގޮސްގެން ކަމަށާއި، އޮޔާދިޔަ
މަންޒަރު އެއްގަމުގައި ތިބިބަޔަކަށް ފެނިގެން ލޯންޗްގައި ދިޔައިރު ދެމީހުންވެސް
މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ ފިޔޯރީ ހުޅަނގު އުތުރު ފަރާތަށް
ދާޖަހައިގެން މަސްހިފަން ގޮސްއުޅުނު 2 މީހަކު ގެނބިގެން މަރުވެފައިވާކަން މިއަދު
މެންދުރު 12:20ގައި ފިޔާރީ ސިއްހީ މަރުކަޒުން ކަށަވަރު ކޮށްދީފައިވާކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 53 އަހަރުގެ މީހަކާއި 60 އަހަރުގެ މީހެއް
ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވުމުގެ
ސަބަބުން ތަފާތު އެކި ހާދިސާތަށް ދަނީ ހިނގަމުންނެވެ.