ޚަބަރު

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ސްޓިއަރިން ކޮމެޓީ އެކުލަވާލައިފި


އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ސްޓިއަރިން ކޮމެޓީ އެކުލަވާލައިފިއެވެ.

އަންނަ މަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާލާ އިންޓަރ ރިސޯޓް ވޮލީބޯލް މުބާރާތުގެ ސްޓިއަރިން ކޮމެޓީގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް މުބާރާތް ރާވާ ހިންގުމެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ސްޓިއަރިން ކޮމެޓީގައި ހިމެނެނީ މޯލްޑިވެސް ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ސީނިއަރ ނައިބް ރައީސް މުހައްމަދު ރަނޭޝް، ޤައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކުރީގެ މެނޭޖަރ އަބްދުﷲ ރަޝީދު، ޤައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ސެޓަރ ފަތުޙުﷲ ވަހީދާއި އަހުމަދު ނަޝީދާއި ޢަބްދުލް ސަލާމެވެ.

މިކޮމެޓީ އެކުލަވާލާފައިވަނީ މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމެޓީންނެވެ. އަދި މުބާރާތް ހިންގުމާއި މުބާރާތް ހިންގުމުގެ ހުރިހާ މުޢާމަލާތްތަކާއި ނިންމަންޖެހޭ އެކި ކަންކަން ނިންމުމުގެ ބާރުވެސް ނޯމަލައިޒޭޝަން ކޮމެޓީން ސްޓިއަރިން ކޮމެޓީއަށް ދީފައިވެއެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގައި ބައްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތެވެ. މިއީ ކޮންމެ އަހަރަކުވެސް ރިސޯޓްތަކުގެ މެދުގައި ވަރަށް ފޯރިއާއެކު ބާއްވާ މުބާރާތެވެ.