ޚަބަރު

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ދެވަނަ ބުރު ބާއްވައިފި


ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މަޝްވަރާކުރުމަށް ބާއްވާ "މޯލްޑިވްސް ޖަޕާން ޕޮލިސީ ޑައިލޮގް"ގެ ދެވަނަ ކޮންފަރެންސް ރާއްޖޭގައި ބާއްވައިފިއެވެ.

މި ޑައިލޮގަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އިތުރަށް ހަރުދަނާކުރުމަށް ބާއްވާ ފޯރަމެކެވެ.

މޯލްޑިވްސް ޖަޕާން ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޕޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އަދި ޖަޕާނުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސައުތް ވެސްޓް އޭޝިއަން އެފެއަރޒް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޝިގެކީ ޓަކިޒާކީއެވެ.

މި ޑައިލޮގްގައި ދެޤައުމުގެ މެދުގައި އިޤްތިޞާދީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާބެހޭ ގޮތުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެ ފުރަތަމަ ޑައިލޮގް ބާއްވާފައިވަނީ 2018 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.