ސިއްހަތު

ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއް މަރާމާތުކުރުމަށް ހަވާލުކޮށްފި


ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭތަންތަން މަރާމާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭން ހއ. ދިއްދޫ، އަތޮޅުހޮސްޕިޓަލާއި ރ މާކުރަތު ޞިއްޚީ މަރުކަޒު މަރާމާތުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.މިއަދު މި ދެރަށުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލާއެކު އެއަތޮޅުގެ 10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އާބާތުރަވިލުވުމަށް ދައުލަތުގެ މާލިއްޔާއިން 35 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ ބާކީ ރަށްތަކުގެ ތެރެއިން 2 ރަށުގެ މަސައްކަތް ފަށާ އަނެއް 3 ރަށުގެ މަސައްކަތްވެސް ޓެންޑަރ ކުރުމުގެ މަރުހަލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ހއ އަތޮޅުގެ ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ތަންތަނުގެ އާބާތުރަ ފިލުވާ ޖާގަ ތަނަވަސްކުރުމަށް ކުރަންޖެހޭ އިމާރާތްތައް ކުރުމުގެ މަސައްކަތް 8 ރަށެއްގައި ފަށާ، އެއަތޮޅުގެ  ރަށްރަށުގައި ހިނގަމުންދާ 13 ޕްރޮޖެކްޓްތަކުގެ ތެރޭން މިހާތަނަށް 10 ޕްރޮޖެކްޓް ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރވިދާޅުވިއެވެ.މި ޕްރޮޖެކްޓްތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 13 މިލިޔަން ރުފިޔާ ޚަރަދުވާއިރު ބާކީހުރި ރަށްތަކުގެ މަސައްކަތްވެސް ޓެންޑަރ މަރުހަލާގައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.ރަށުން ބޭރުން ޞިއްޚީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚަރަދުކުޑަކޮށް އެރަށެއްގައި ލިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި ޤާއުމުކުރި ތަނުގެ ޚިދުމަތްފެށުމަށް ތައްޔާރުވަމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހއ ދިއްދޫ އަތޮޅުހޮސްޕިޓަލުގެ ވޯޑްތައް މަރާމާތުކުރުމަށް ހަވާލުކޮށްފައިވަނީ އާރު ވޯކްޝޮފްއާއިއެވެ. އަދި ރ މާކުރަތު ޞިއްޙީ މަރުކަޒު މަރާމާތުކުރުމަށް ހަވާކޮށްފައިވަނީ ހަވާވުޑް ވޯރކްސް ޕްރައިވެޓް ލިމިޓެޑާއެވެ.