ޚަބަރު

ވަގަށް އެތެރެ ކުރަން އުޅުނު 21 ވެހިކަލެއް އަތުލައިގެންފި


ލަކުޑި އެތެރެ ކުުރުމުގެ ނަމުގައި ވަގަށް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 21 ވެހިކަލެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ވިދާޅުވީ މި ވެހިކަލްތައް އަތުލައިގެންފައިވަނީ މި މަހުގެ 24ވަނަ ދުވަހު ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެ ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 3 ކާރާއި 2 ޕިކަޕަކާއި 2 ވޭނާއި 14 ސައިކަލުކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ.
ގެނެވިފައިވާ ކަމަށެވެ.

ކަސްޓަމްސުން ވިދާޅުވީ އަތުލައިގަތް ވެހިކަލްތަކުގެ ޖުމްލަ އަގު 586،000 ރުފިޔާއަށް އަރާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އަދި މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެކަމަށްވެސް އެ ސަރވިސުން އަންދާޒާ ކުރައްވައެވެ. މި މައްސަލަ ކަސްޓަމްސުން މިހާރު ދަނީ ތަހުޤީޤު ކުރައްވަމުންނެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސުން ފޯރުކޮށްދެއްވާ ޚިދުމަތްތަކާއި އެ މުވައްސަސާގެ ނަޒާހަތްތެރިކަން ޤާއިމުކޮށް، ނެގެހެއްޓެމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން އެ ސަރވިސުންވަނީ ރައްޔިތުންނަށް ދެއްވާފައެވެ.