ޚަބަރު

ރޮމޭނިއާގެ މަޝްހޫރު އެމެޑިއުޒް ރާއްޖޭގައި


ރޮމޭނިއާގެ މަޝްހޫރު އަންހެން ބޭންޑް "އެމެޑިއުޒް" ރާއްޖެ އައިސްފިއެވެ. އެބޭންޑުން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ މަޝްހޫރު ހޭންޑް ޑްރަމަރު އަޙްމަދު ފައިޒާނާއެކު ވީޑިއޯ ލަވަތަކެއް ޝޫޓުކުރުމަށެވެ.

ރޮމޭނިއާގެ ބޭންޑު ރާއްޖެ އަށް އައުމާ ގުޅިގެން ރާއްޖެއިންވަނީ އެބޭންޑަށް ވަރަށްހޫނު މަރުޙަބާއެއް ކިޔާފައެވެ. މިބޭންޑު ރާއްޖޭގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 4 ދުވަސްކަމަށާ އެދުވަސްތަކުގައި ވީޑިއޯ 2 ލަވައެއް ރާއްޖޭގައި ޝޫޓުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިވީޑިއޯތައް ޝޫޓުކުރަނީ ކްރޮސްރޯޑް މޯލްޑިވްސްގައެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ޝޫޓުކުރާ މިވީޑިއޯލަވަތައް ދުނިޔޭގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޓުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ރޮމޭނިއާގެ މަޝްހޫރު އެމެޑިއުޒްއަކީ 2000ވަނަ އަހަރު އުފެދުނު ބޭންޑެކެވެ. މިބޭންޑުގައި ހިމެނޭ 4 މެމްބަރުންނަކީ ވޯކަލިސްޓް ވައޮލިން އެންޑްރީއާ ޕެޓްރީޝިއާއާއި ބިއަންކާ އަދި ވޯކަލް އަދި ޕިއާނޯ އާޓިސްޓް ލައުރާ އެވެ.