ވިޔަފާރި

ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި


ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.އަދްލީ ވިދާޅުވީ ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑް ކުރުމަށްޓަކައި އެ ފެކްޓަރީގެ އިމާރާތަށް ގެންނަ ބަދަލްތަކާއި ފްލޯ އަށް ގެންނަ ބަދަލްތަކުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އަމާޒަކީ އޮގަސްޓް މަސްތެރޭ މަސައްކަތްތައް ނިންމާ ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް އުފައްދާ ތަނެއްގެ ގޮތުގައި އެތަން ހުޅުވުން ކަމަށެވެ.ފެލިވަރު އަޕްގްރޭޑް ކުރުމުގެ ފުރަތަމަ ފިޔަވަހި އޮގަސްޓްމަސް ތެރޭ ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު ފުރަތަމަ ފިޔަވަހި ނިމޭތާ 6 މަސް ދުވަސް ތެރޭ ފެލިވަރު އަޕްގްރޭޑް ކުރުމުގެ 2 ވަނަ ފިޔަވަހި ފެށިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.އަޕްގްރޭޑް ކުރުމުގެ ފުރަތަމަ ފިޔަވައްސަށް 1.8 މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް ބެލެވިފައިވާ އިރު މުޅި މަސައްކަތަށް ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިފްކޯއިން އަމިއްލައަށް ފަންޑްކޮށްގެންނެވެ.