ޚަބަރު

އޭޑީކޭއިންވެސް، ކަކުލުހުޅު އޮޕަރޭޝަނަށް އާސަންދައިގެ ޚިދުމަތް!


އޭޑީކޭ ހޮސްޕިޓަލުންކުރާ ކަކުލުހުޅު އޮޕަރޭޝަނަށް އާސަންދައިގެ ޙިދުމަތް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ އޭޑީކޭއިން މިިޚިދުމަތް ދިނުމުގެ މައިގަނޑު މަޤުސަދަކީ ގިނަ މީހުންނަށް ޚިދުމަތް ދިނުމުގެ މަގުސަދުގައިކަމަށެވެ. އަދި މިހާރުވެސް އެ އޮޕަރޭޝަނަށް ގިނަ ބަޔަކު ވެއިޓް ލިސްޓް ކުރެވިފައިވާކަމަށް އޭނާވިދާޅުވިއެވެ. އޭޑީކޭގެ ވެއިޓިން ލިސްޓު ދިގުނުވެ ފަރުވާ ދިނުމަށް މަސައްކަތްކުރާއިރު މީގެފަހުން ކޮންމެހަފުތާއަކުވެސް ހަތަރު ވަރަކަށް އޮޕަރޭޝަން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2008ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އައިޖީއެމްއެޗްގައިވެސް ދަނީ ހުޅު ބަދަލުކުރުމުގެ ކްލިނިކެއް ހުޅުވައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ޓްރީޓޮޕްގައިވެސް މިދިޔަ އަހަރުން ފެށިގެން އެޚިދުމަތް އަންނަނީ ދެމުންނެވެ. އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގާ ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ޙިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ކަކުލު ހުޅު ބަދަލުކުރުން ނޫން އިތުރު ޚިދުމަތްތަކަށްވެސް މިއޮޕަރޭޝަނަށް ކަނޑައަޅާފައިވާ ޕެކޭޖްފަދަ ޕެކޭޖްތައް ތައާރަފް ކުރުމަށް މަސައްކަތް ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާސަންދައިން މިއޮޕަރޭޝަނަށް ޕެކޭޖެއްގެ ދަށުން ޚިދުމަތް ދެމުން އަންނައިރު އޭޑީކޭއިން މިޚިދުމަތްދެނީ 63500 އަށެވެ. މިއަގުގެ 60000 އަދާކުރާނީ އާސަންދައިންނެވެ. ބަލި މީހާގެ އަތުން ދައްކަންޖެހޭނީ 3500 ރުފިޔާއެވެ.