ޚަބަރު

އުކުޅަހުގައި 3 އަހަރުގެ ކުއްޖެއް ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ


އުކުޅަހުގައި މަގުމަތިން ހިނގާފައި ދިޔަ 3 އަހަރުގެ ކުއްޖެއްގައިގައި ސައިކަލަކުންޖެހި އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު 17:15 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ލައިސެންސް ނެތް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

ސައިކަލުން ޖެހުނު ކުޑަކުއްޖާގެ ކަކުލުން ހަންމަށައިގެން ގޮސްފައިވާކަމަށާ އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެއަތޮޅު ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.