ޚަބަރު

އެއްލައްކަ ރުފިޔާއާއެކު ޓެކްސީއެއްގައި ބޭއްވުނު ދަބަހެއް ފުލުހުން ހޯދައިފި


އެއްލައްކަ ރުފިޔާއާއެކު ޓެކްސީއެއްގައި ބޭއްވުނު ދަބަހެއް ފުލުހުން ހޯދައިދީފިއެވެ.

ފުލުހުން ވިދާޅުވީ ޓެކްސީއެއްގެ ތެރޭގައި އެއް ލައްކަ ރުފިޔާ އަޅާފައިއޮތް ދަބަހެއް ބާއްވާފައި ދެވިގެން އެ ދަބަސް ހޯދަން މީހަކު ފުލުހުންގެ އެހީތެރިކަމަށް މިއަދު 16:20 ހާއިރު އެދިފައިވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ފުލުހުން ކުރި މަސައްކަތުން އެ ދަބަސް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށެވެ.

އެ ފައިސާ ހޯދާފައިވަނީ ސީސީޓީވީ ފޫޓޭޖުގެ އެހީގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.