މުނިފޫހިފިލުވުން

ފިލްމު "ލީނާ"ގެ ބޮޑު ކާމިޔާބީއަށް ފަހު، މުއާގެ އިތުރު ދެ ފިލްމެއް


ފިލްމު ލީނާގެ ބޮޑު ކާމިޔާބީއަށްފަހު، މުއާގެ އިތުރު ދެ ފިލްމެއްގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މުއާބުނި ގޮތުގައި މީގެތެރެއިން އެއް ފިލްމަކީ ބިރުވެރި ފިލްމެކެވެ. އަނެއް ފިލްމާބެހޭ މަޢުލޫމާތު އަދިވަނީ ސިއްރެއްގޮތުގައެވެ.

މިހާރު ފިލްމުގެ ކުރަމުންދާ މަސައްކަތަކީ ކޮބާއިތޯ ސުވާލު ކޮށްލުމުން މުއާބުނީ މިހާރު ކުރަމުންދަނީ ރިސާރޗް ހެދުމާއި ޕޭޕާރ ވޯކްސް ގެ މަސައްކަތް ކަމަށެވެ.

މި ފިލްމުތައް އަޅުވާނެ ވަކި ތާރީޚެއް އަދި ބުނަށް ނޭގުނަސް، އަންނަ އަހަރު ގެ ތެރޭގައި ބެލުންތެރިންނާ ހިސާބަށް މި ފިލްމުތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ބުންޔެވެ.

ފިލްމު "ލީނާ" ގެ ބޮޑު ކާމިޔާބީއާ އެކު ހައުސްފުލް އެތައް ޝޯ ތަކެއް ދައްކާފައިވާ މިފިލްމު ޑައިރެކްޓު ކޮށް ތައްޔާރު ކޮށްފައިވަނީ މުއާ އެވެ. މިއީ މުއާ ޑައިރެކްޓު ކުރި ފުރަތަމަ ފިޗާރ ފިލްމު ވެސް މެއެވެ. އަދި މި ފިލްމަކީ އެންމެ ފަހުން މުއާގެ އެކްޓިން ވެސް ފެނިގެން ދިޔަ ފިލްމެވެ. މި ފިލްމާއި އެކު މުއާގެ ޑައިރެކްޝަންއަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފް ކުރަމުންނެވެ.
ރާއްޖެގެ ފިލްމީ އިންޑަސްޓްރީގައި މުއާ އަކީ ފިޔަ ޖަހަމުންދާ ތަރިއެކެވެ. އަދި އޭނާ އަކީ ތަފާތު ފިލްމު ތަކެއް ކުޅެ ބެލުންތެރިންގެ މަޤްބޫލް ކަމެއް ހޯދާފައިވާ ފަންނާނެކެވެ.

އެހެންކަމުން މި އުންމިދީ ތަރީގެ ކުރިއަށް އަންނަން އިން ދެ ފިލްމާމެދުވެސް ކުރެވޭ އުންމީދު ބޮޑެވެ.