ސިޔާސީ

4 ކައުންސިލަރަކު އެއް މަސްދުވަހަށް ސަސްޕެންޑްކޮށްފި


މިނިވަން ފަންސާހުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާން ނިންމި ހަތަރު ކައުންސިލަރަކު އެއް މަސްދުވަހަށް ސަސްޕެންޑްކޮށްފިއެވެ.ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ސަސްޕެންޑްކޮށްފައިވާ 4 ކައުންސިލަރުންނަކީ އދ. އަތޮޅު ކައުންސިލްގެ މެމްބަރު އަލީ އާދަމްއާއި، އަހުމަދު ހަލީލްގެ އިތުރުން، އއ. އަތޮޅު ކައުންސިލްގެ ދެ މެމްބަރުންކަމަށްވާ ހަސަން ޝިޔާންއާއި މޫމިން ރަޝީދު އަހުމަދުއެވެ.އެލް.ޖީ.އޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ބެލުމަށް އެ އޮތޯރިޓީގެ ނުވަވަނަ  ބޯޑު ބައްދަލުވުމުގައި ނެގި ކޮމިޓީން މި 4 ކައުންސިލަރުންވެސް އެއް މަސްދުވަހަށް ސަސްޕެންޑްކޮށް، މުސާރައާއި އިނާޔަތްތައް ހިފެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އަދި ސަސްޕެންޑްކޮށް، މުސާރައާއި އިނާޔަތްތައް ހިފަހައްޓާފައިވާކަން އެފަރާތްކަށް އެންގުމަށްޓަކައި، އެ ދެ އަތޮޅުގެ ކައުންސިލްތަކުގެ ރައީސުންނަށް އަންގާފައިވާނޭކަމަށްވެސް އެލް.ޖީ.އޭގެ ބަޔާނުގައިވެއެވެ.