ޚަބަރު

ރަަަައީސްގެ އަނބިކަނބަލުން އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވާ އެތަނުގައި ތިބި ބައެއް ބަލިމީހުންނާއި މިއަދު ބައްދަލުކުރައްވާ އެމީހުންގެ ހާލު އަހުވާލު ބައްލަވައިފިއެވެ.އެގޮތުން އެކަމަނާ މިއަދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫ، މެޑިކަލް، ސާރޖިކަލް އަދި ޑައިލިސިސް ޔުނިޓްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރައްވާފައެވެ. އަދި ބަލި މީހުންގެ ހާލު ބައްލަވައި އެތަނުގައި ތިބޭއިރު ދިމާވާ ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވިއެވެ.ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހިގާނުހިގާގޮތް ރައީސްގެ އަނބިކަނބަލުން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެއްވޭކަންކަން ރަނގަޅުކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅުކުރައްވާނެކަމަށް ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެކަމަނާވަނީ ވިދާޅުވެފައެވެ.ފަހަކަށްއައިސް ރައީސް ޔާމީންގެ އަނބިކަނބަލުން ގެންދަވަނީ އިޖްތިމާއީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ރޯލެއް ކުޅުއްވަމުންނެވެ.