ޚަބަރު

ސަޕްލިމަންޓްރީ ބަޖެޓް ރައްޔިންގެ މަޖިލީހަށް ފޮނުވައިފި


ދައުލަތުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓް ރައްޔިންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަޕްލިމަންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވާފައިވާއިރު، ބަޖެޓްގެ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.. އެ މިނިސްޓްރީން ވިދާލުވީ ބަޖެޓްގެ ތަފްސީލް ދެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ނޫނީ މާދަމާ އޮނަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަމީރުކަމަށެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ މިވީ އަށްމަސް ދުވަހުގެ ތެރޭގައި 1.9 ބިލޔަން ރުފިޔާވަނީ ލިބިފައެވެ.