ޚަބަރު

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ


ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމުގެ ކޮންސަލްޓެންޓުން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާންކޮށްފިއެވެ.

ފިނޭންސް އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ހއ.ކެލާ، ހއ. އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ. ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރާ ކަމަށެވެ.

އަދި މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން 5 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 1400 ނިޔަލަށް އެމިނިސްޓްރީއަށް ހުށަހެޅުއްވުމަށް މިނިސްޓީން އެދެއެވެ. މީގެ އިތުރުން މި މަސައްކަތްތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.