ޚަބަރު

ފުވައްމުލަކުން މަހަށްނުކުމެ އުޅުނު ދޯންޏެއް ބިންދައިގެންގޮސްފި


އެކާވީސް މީހުންނާއި
އެކު ރޭފަތިހު ފުވައްމުލަކުން މަހަށްނުކުތް އެރަށު މަސްކުރި ކިޔާދޯނި
ބިންދައިގެންގޮސް ފުވައްމުލަކު ފަރަށް ލައްވުމާއެކު ދޯނީގެ 2 ބައި އެއްގަމަށް
އެރުވުމުގެ މަސައްކަތް ފަށައިފިއެވެ.




ފުލުހުން ބުނީ މި
ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި
މަސްދޯނި ބިންދައިގެން ދިޔަކަމުގެ މައުލޫމާތު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް
ލިބިފައިވަނީ ފަތިހު   04:25 ހާއިރު ކަމަށް. އޭރު ދޯނި އޮތީ
ފުވައްމުލަކާ ގާތްގަނޑަކަށް 2 މޭލު ބޭރުގައި ކަމަށެވެ.  



މިދޯނި ފުވައްމުލަކު
ފަރަށް ލައްވެފައިވާކަމަށް ބެލެވެނީ ފަތިހު 05:30 ހާއިރު ކަމަށްވެސް ފުލުހުން
ބުނެއެވެ.



106 ފޫޓުގެ މި ދޯނި
ބިންދައިގެން ދިއުމުގެ ސަބަބުންނާ ފުވައްމުލަކު ފަރަށް ލެއްގުމުގެ ސަބަބުން ބޮޑެތި
ގެއްލުންތަކެއް ދޯންޏަށާއި ދޯނީގައި ހުރި ބައެއް ތަކެއްޗަށްވެސް ވަނީ ލިބިފައެވެ.