ވިޔަފާރި

ހާބަރު ސަރަޙައްދުން 3 ފުޑްކޯޓެއް ކުއްޔަށް ދިނުމަށް އިޢުލާނުކޮށްފި


މާލޭ ހުޅަނގު ހާބަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ޚިދުމަތް ނުފަށާ ހުރި ތިން ތަނެއް ކުއްޔަށް ދޫކުރުމަށް އެސްޓީއޯއިން އިޢުލާނުކޮށްފިއެވެ.

މި ފުޑްކޯޓުތައް ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

އެސްޓީއޯއިން ބުނީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އިއްޒުންދީން މަގާ ވީފަޅީގައި ހުރި 2 ޔުުނިޓަކާއި އަމީނީމަގާއިވީ ފަޅީގައި ހުރި ތަނެއް ކަމަށެވެ. މީގެ ތެރެއިން އެ ތަނަކީ ސޯޅަ ސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އަދި ދެން ހުރި ދެ ތަނަކީ 960 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އެސްޓީއޯއިން ބުނީ މިތަން ކުއްޔަށް ދޭނީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންކަމަށެވެ.

އެސްޓިއޯއިން ފުޑް ކޯޓުތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގައި އެސްޓީއޯއިން ކަނޑައަޅާފައިވާ ވަކި ޤަވައިދުތަކެއްގެ ތެރެއިން ފުޑް ކޯޓުތައް ހިންގަން ލާޒިމްކުރެއެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުންދާއިރު މި ފުޑް ކޯޓުގައި ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ފަސްދޮޅަސް އަކަފޫޓުގެ ތަންތަން ހިމެނެއެވެ.

މި ފުޑްކޯޓްތަކަކީ ރައީސް ޔާމީނުގެ ސަރުކާރުން އޭރު ހުރި ކަޑަތައް ނަގައި، ޒަމާނީ ފުޑްކޯޓުތައް ތަރައްޤީކުރުމަށްޓަކައި 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.