ސިއްހަތު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް


މިއަދު ފާހަގަ ކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު ވިދާޅުވީ މިޙަރަކާތްތަކުގެ ތެރެއިން އޭޕްރިލް މަހުން ފެށިގެން މިމަހުގެ ނަވާވީހުގެ ނިއަލަށް ސޯޝަލް މީޑިޔާގައި ކެމްޕެއިނެއް  ކުރިޔަށްދިޔަކަމަށެވެ." އައި ޗޫޒް މައި ލައިފް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ކެމްޕެއިނަކީ ޒުވާނުންނާއި ގުޅިގެން ބައެއް އެންޖީއޯތަކާއި މަޝްވަރާކުރުމަށްފަހު، ހިންގަންފެށި ހޭލުން ތެރި ކުރުމުގެ ޕްރޮގްރާމެއްކަމަށް ހަސަން ވިދާޅުވިއެވެ. މި ކެންޕޭނުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމް ކަނޑައެޅިފައިވާކަމަށް ވެސް ހަސަން ވިދާޅުވިއެވެ.މީގެ އިތުރުން އަންނަ މަހުގެ ތޭރަވަނަ ދުވަހު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ސްކޫލްތަކުގެ އެސެންބްލީގަޑީގައި ދުންފަތާއި ބެހޭ ހޭލުންތެރި ކުރުމުގެ މައުލޫމާތު ދިނުން ހިމެނޭކަމަށް އެޗް.ޕީއޭއިންމައުލޫމާތުދެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ހިންގާ ކެންޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް މިރޭ ހަމަޖެހިފައިވާ ކަމަށެވެ.