ޚަބަރު

ދަށު ކޯޓުތަކުން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ކެނޑިޑޭޓުން ވޯޓާސްލިސްޓްގައި ސޮއިކޮށްފި


ދަށު ކޯޓުތަކުން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ވޯޓާސްލިސްޓްގައި ސޮއިކޮށްފިއެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފަޑިޔާރަކު އިންތިޙާބު ކުރުމަށް ބާއްވާ އިންތިޙާބުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކޮށްފައިވަނީ މިއަދުކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މި އިންތިޚާބުގައި، ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކެނޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރައްވާފައިވާއިރު، އިންތިޚާބުގައި، ވާދަކުރަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމްގެ އިތުރުން، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ޢަލީ ޝަރީފް އާއި ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދެވެ.

މިއިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ 24 އޮގަސްޓު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00އިން ހަވީރު 17:00 އަށެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 178 ފަނޑިޔާރުންނަށެވެ.

މި އިންތިޚާބުގެ ވޯޓުލުން މާލޭގެ ބާ ޖަމާލުއްދީން ސްކޫލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައިވެސް ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.