އަތޮޅުތައް

ކޮންރެޑް ރިޒޯޓަށް އދ އަތޮޅު މަދަރުސާގެ ދަރިވަރުން ޒިޔާރަތްކޮށްފި


މާމިގިލީގައި ހުންނަ އދ އަތޮޅު މަދަރުސާގެ
ދަރިވަރުންނަށް ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯރޓްގެ ފަރާތުން ރިސޯރޓްގެ
ޑިޕާޓްމަންޓް ތަކުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ދީފިއެވެ.



އަތޮޅުމަދަރުސާގެ ހޯލުގައި ކުރިޔަށް ގެންދިޔަ ސެޝަންތަކުގައި ރިސޯޓްގެ އެކި
އެކި ޑިޕާޓްމަންޓްތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެޗްއާރް އެސިސްޓެންޓް
މެނޭޖަރ ޖެކީއާއި އެކިޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ. މިއީ، ފަތުރުވެރިކަމުގެ
ދާއިރާގައި ހުންނަ ފުރުސަތުތަކާއި ވަޒީފާތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް
ޙިއްސާކުރުމަށް ކުރިޔަށް ގެންދިޔަ ސެޝަނެކެވެ.



އަތޮޅު މަދަރުސާގެމަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ މި
ސެޝަންގައި އެ ރިސޯޓްގެ ގިނަ ދާއިރާތަކުގެ ޢަމަލީ ޙަރަކާތާއި ނަމޫނާއާއި
ފަރުމާތައް ދަރިވަރުންނަށް ދައްކާލާފައިވެއެވެ. މި މަހުގެ 27 ވަނަ ދުވަހުވެސް މި
ރިސޯޓްގެ ފަރާތުން މިފަދަ އެހެން ޕްރޮގްރާމެއް އދ އަތޮޅު ތަޢުލީމީ މަރުކަޒުގައި
ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.