ކުޅިވަރު

ސަޕޯޓަރުން ކެތްތެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް - ލަންޕާޑް


ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބުނަސް ސަޕޯޓަރުން ކެތްތެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އިނގިރޭސި ކްލަބް ޗެލްސީގެ ކޯޗް ލަމްޕާޑް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީއަތުން 1-1އިން އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ލަމްޕާޑްބުނީ، މިމެޗުގެ ނަތީޖާ އާއިއެކު، ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު މާޔޫސްކަން ފިލައިގެން ގޮސްފިކަމަށެވެ. ލަމްޕާޑް ބުނީ ލީޑުގައި ކުޅެމުން ދަނިކޮށް ލެސްޓާއިން އެއްވަރު ކުރީ ޗެލްސީއަށް ރަނގަޅަށް ތައްޔާރުނުވެވި ތިއްބާ ކަމަށާއި، މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާގެ ޓީމުން ގޯސް ހަދަނީ ފުރަތަމަ 60 މިނެޓުގައި ވަރަށް ރަނގަޅަށް ކުޅުމަށްފަހުގައި ކަމަށެވެ.

ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގެނެވުމުގެ ސަބަބުން ރަނގަޅު ޓީމެއް ބިނާކުރަން އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން ލަމްޕާޑް ވަނީ ފާހަގަކޮށްފައެވެ. ލަމްޕާޑް މިހާތަނަށް ޗެލްސީއަށް ތިން މެޗުގައި އިރުޝާދިންއިރު އެޓީމް އެއްވެސް މެޗަކުން މޮޅުނުވެއެވެ.

ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން ބޮޑު ތަފާތަކުން ބަލިވިއިރު، ސުޕަ ކަޕްގައި ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.