ކުޅިވަރު

މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ނޭޕާލްގައި ފަށައިފި


މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ނޭޕާލްގައި ފަށައިފިއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ވާދަކުރީ އަފްޣާނިސްތާނާއި ތުރުކްމިނިސްތާންނެވެ. މި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ މިދިޔަ ދެ އަހަރުގެ ސެންޓްރަލް ޒޯންގެ ޗެމްޕިއަން ތުރްކްމިނިސްތާންއެވެ.

ވާދަވެރި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ ބައްތިރީސް ތިރީސް، ސޯޅަ ފަންސަވީސް، ހަތާވީސް ފަންސަވީސް އަދި ސައްބީސް ސައުވީހުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަދުވަހު ނިކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. ކިރްގިސްތާނާއި ދިވެހިރާއްޖެއާއިއެކު މި ގްރޫޕްގައި ދެން ހިމެނެނެނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، އުޒްބަކިސްތާން، ތުރުކްމިނިސްތާން އަދި އަފްޣާނިސްތާނެވެ.

މިފަހަރުގެ ސެންޓްރަލް ޒޯންގައި ދިވެހި ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުމުވެ. މި އަމާޒަށް ވާސިލްވުމަށް ދިވެހި ޓީމްވަނީ ގިނަ ތަމްރީންތަކަކާއި ގިނަ މެޗުތަކެއްވެސް ކުޅެފައެވެ.