ޚަބަރު

ބަންދުދުވަސްތަކުގައި ޓީޗަރުން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސައިފި


ހަފްތާ ބަންދުދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި މުދައްރިސުން މަސައްކަތް ކުރަން ނުޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވަނީ ހަފްތާ ބަންދުދުވަސްތަކާއި ސަރުކާރު ބަންދުދުވަސްތަކުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ޤައުމީ މުނާސަބަތެއް ފާހަގަކުރުމަށް އިދާރާއަކަށް ނުވަތަ ސްކޫލަކަށް ވަކި މަސައްކަތެއް ކުރުމަށް ހަމަޖެހިއްޖެނަމަ މިނިސްޓްރީގެ ހުއްދައާއެކު އެ މަސައްކަތެއް ކުރުމަށް މުވައްޒަފުން ނެރެވިދާނެކަމަށްވެސް އެ ސަރކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.

ޓީޗަރުންނަށް ހުރި ދަތިތައް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.